22 ނޮވެމްބަރު 2024

Advertisement

ނައިފަރު ބަނދަރުގައި އޮތް ތިން ލޯންޗެއްގައި ރޯވެ އަނދައިފި

02 ޖުލައި 2023
-

ޅ. ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ ރޭ ފަތިހު ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޯވެފައި ވަނީ ކައިރިކައިރީގައި އަޅާފައި އޮތް ތިން ލޯންޗެއް ކަމަށެވެ.

Advertisement

"ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން އިންވެސްޓިގޭޓް ކުރަމުން އެ ދަނީ. އަދި ނޭނގޭ ބުނާކަށް ބަޔަކު ރޯކޮށްލީ ކަމެއް ނުވަތަ ޝޯޓަކުން ރޯވީ ކަމެއް." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި، ރޯވެފައިވަނީ ކުދި ލޯންޗުތަކެއްގަ އެވެ. އިންޖީނާ އެކު އެ ލޯންޗުތަކުގެ ފެނުން މައްޗަށް ހުރި ބައިތައް ވަނީ އެއްކޮށް އަނދައިފަ އެވެ.

Advertisement

ކޮމެންޓް