22 ނޮވެމްބަރު 2024

Advertisement

23 ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތު ބާއްވައިފި

04 ޖެނުއަރީ 2024
ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތު / ފޮޓޯ: އެމް.އެން.ޑީ.އެފް

ސްކޫލްތަކުގެ ކެޑޭޓުންނަށް ބޭއްވި ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތުގައި ބާއްވައިފިއެވެ.

ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.

2023 ޑިސެންބަރު 24 އިން 2024 ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ، 80 ފިރިހެން ދަރިވަރުންނާއި 40 އަންހެން ދަރިވަރުންނެވެ.

Advertisement

މީގެ އިތުރުން އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން ޖުމުލަ 16 ކެޑޭޓުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ.

Advertisement

ކޮމެންޓް