25 ނޮވެމްބަރު 2024

Advertisement

އާމިރު ޚާންގެ ދަރިފުޅު ކައިވެނިކޮށްފި

04 ޖެނުއަރީ 2024

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން ކައިވެނިކޮށްފި އެވެ.

އުމުރުން މިހާރު 25 އަހަރުގެ އިރާ ކައިވެނިކުރީ ފިޓްނެސް ޓްރެއިނަރެއް ކަމަށްވާ ނުޕޫރް ޝިކާރޭއާ އެވެ. އެ ދެ މީހުން ކައިވެނިކުރީ މުމްބާއީގެ ތާޖު ލޭންޑްސް އެންޑްސްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. ކައިވެނީގެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނެވެ.

ތިއޭޓަ ޕްލޭ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އިރާ އާއި ނުޕޫރް އެންގޭޖްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

Advertisement

އިރާ އަކީ އާމިރު، 58، ގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. އިރާ އާއި ޖުނައިދު ޚާން، 30، ގެ މަންމަ އަކީ ރީނާ ދައްތާ އެވެ. އާމިރުގެ ތިން ވަނަ ދަރިފުޅު އާޒާދު ރާއޯ ޚާން، 12، ގެ މަންމަ އަކީ ޑައިރެކްޓަރު ކިރަން ރާއޯ އެވެ.

އާމިރުގެ ދެ ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ.

Advertisement

ކޮމެންޓް