22 ނޮވެމްބަރު 2024

Advertisement

ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

04 ޖުލައި 2023
-

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި އިސްކޮށް ހުންނެވީ އެމަނިކުފާނެވެ.

ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.

Advertisement

ކޮވިޑާ ހެދި 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރެވެ. އެއަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

Advertisement

ކޮމެންޓް