ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް އަސްލަމް ލަންކާއަށް
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާއަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަސްލަމް ސްރީލަންކާއަސް ވަޑައިގަތުމުން އެމަނިކުފާނަށް ފުރަތަމަ މަރުހަބާ ދެންނެވީވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރދެނާއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މިއީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަސްލަމްގެ މި ދަތުރުފުޅުގައި ލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ, އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ލަންކާގެ ޚާރިޖީ ވަޒީރާއި ސަރުކާރުގެ ބައެއް އިސްވެރިންނާވެސް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ބައްދަލުކުރައްވާނެކަމަށް މަޖިލީހުން ވިދާޅުވެއެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއާއި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގަންނަވައެވެ.