22 ނޮވެމްބަރު 2024

Advertisement

ހުންނާނީ އެމްޑީޕީގަ: މެމްބަރ ޝިފާއު

29 ޖެނުއަރީ 2024

އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ޝިފާއު މިހެން ވިދާޅުވެފައިމިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފަށް ބައެއް މެމްބަރުން ވޯޓު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެތެރޭގައި ޝިފާއު ވެސް ހިމެނެ އެވެ.

އެއާއެކު ޝިފާއު ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމާއެކު އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖުލީހަށް ހޮވުނީވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި މަޖިލީހުގެ ދައުރު ނިންމާލާނީ ވެސް އެގޮތުގައި ކަމަށެވެ.

Advertisement

"އެހެން ޕާޓީއެއްގައި މަސަކަތް ކުރުމުގެ ވިސްނުމެއް ނެތް. އެހެން ޕާޓީއަކަށް ނުވެސް ދަން،" ޝިފާއު ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީއެންސީ އަށް ދާދިފަހުން ވަނީ އެމްޑީޕީގެ 13 މެމްބަރަކު ސޮއިކުރައްވާފަ އެވެ.

މަޖިލީހުގައި މިއަދު ނެގުނު ވޯޓް ގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިރޭ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވާފަ އެވެ.

Advertisement

ކޮމެންޓް