22 ނޮވެމްބަރު 2024

Advertisement

ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރެއް ރާއްޖެއަށް ގެނެސްފި

11 ޖުލައި 2023
-

ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ބިޔަ ޑްރެޖަރު ރާއްޖެ އަތުވެއްޖެ އެވެ.

މި ޑްރެޖަރަކީ އެމް.ޓީ.ސީ.ސީ އިން ކުއްޔަށް ހިފާފައިވާ އުޅަނދެކެވެ.

ބެލްޖިއަމްގެ ކުންފުންފުންޏެއްގެ އުޅަނދެއް ކަމަށްވާ "ފިލީޕޯ ބްރޫނެލޭޝީ" ރޭގެ ވަގުތެއްގައި ރާއްޖެ އައިސް މި ވަގުތު އޮތީ ކަސްޓަމްސް ކްލިއަރެންސަށް ހއ. އުލިގަމުގައި ބަނދަރުކޮށްފަ އެވެ.

Advertisement

ކްލިއަރެންސް ނިމުމާ އެކު އެ އުޅަނދު ދާނީ އެންމެ ފުރަތަމަ އެއިން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދުއަށެވެ.

ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާ މިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.

Advertisement

ކޮމެންޓް