27 ޑިސެމްބަރު 2024

Advertisement

ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި

23 ޑިސެމްބަރު 2024

ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކަގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އެމްޑީ ކަމަށް ނަޖާހު އައްޔަންކޮށްފައިވާ ކަމަށެވެ. ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފަ އެވެ.

ނަޖާހު އެމްޑީގެ މަގާމަށް އައްޔަންކުރިކަން ޕީސީބީން ހާމަކޮށްފައިވާއިރު، އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

Advertisement

މުއާޒު އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި މުއާޒު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުންފުންޏާ ހަވާލުވި އިރު 4.3 މިލިއަންގެ ރުފިޔާގެ ދަރަނި އޮތުމާއި ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރަން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައި ނުވުން ހިމެނޭ ކަމަށެވެ.

Advertisement

ކޮމެންޓް