23 އޮކްޓޯބަރު 2026

Advertisement

އުތުރުގެ ރަށްތަކަށް ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް

23 އޮކްޓޯބަރު 2026

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ހދ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ ހދ. ނޮޅިވަރަމެވެ. ރޭން ފެށިގެން ވެހުނު ބޯ ވާރޭގެ ސަބަބުން އެ ރަށުގެ %95 ގެތަކަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ބައެއް އާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައިވާއިރު، 5 ސަރަޙައްދަކުން ކޯރު ކަނޑައިގެންނާއި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައެވެ.  

Advertisement

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެއީ 188.3 މިލިލީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ.ހަނިމާދޫއަށެވެ. އެއީ 125.7 މިލިމީޓަރުގެ ވާރޭއެވެ.

Advertisement

ކޮމެންޓް