05 ފެބްރުއަރީ 2025

Advertisement

ރައީސް ނަޑެއްލާ އަށް ވަޑައިގެންފި

07 ޖެނުއަރީ 2025

ހުވަދު އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދަތުރުގެ ތެރެއިން ގދ. ނަޑެއްލާ އަށް ވަޑައިގެންފި އެވެ.

އެ މަނިކުފާނަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، ރައީސް މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ހޯނޑެއްދުއަށެވެ. އެގޮތުން އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފުތިތާހުކޮށް ދެއްވި އެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ގދ. ގެ ފަސް ރަށަކަށާއި ގއ. އަތޮޅުގެ ހަތަރު ރަށަކަށް އެ ރައީސް ވަޑައިގަންނަވާނެ އެވެ. ގދ. އިން ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯނޑެއްދޫގެ އިތުރުން ނަޑައްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދުއަށެވެ. ގއ. އިން ވަޑައިގަންނަވާނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދުއަށެވެ.

Advertisement

ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

Advertisement

ކޮމެންޓް