29 މޭ 2025

Advertisement

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކުރި މައްސަލައެއްގަ މީހަކު ހައްޔަރުކޮށްފި

"ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށް ފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި ފޮނުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13/މާލެ، ޒައިދާން މުޙައްމަދު ހާޝިމް، 28، އެވެ. ފުލުހުން ބުނީ އޭނަ އަކީ މަކަރާއި ހީލަތުގެ ކުށުގެ ރެކޯޑުތެއް ކުރިން ވެސް އޮތް މީހެއް ކަމަށެވެ.

"ފުޑީސް ޑެލިވަރީ" އަށް އޮޅުވައިލި މައްސަލައާ ގުޅިގެން ޒައިދާން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

Advertisement

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް