މިއަހަރު މިހާތަނަށް އެންމެ ގިނަ ކައިވެނި ކުރަނީ މިއަދު!
މިއަދަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއްޖެއެވެ.
ފެމިލީ ކޯޓުން ވިދާޅުވީ މިއަދުގެ މިރީތި ތާރީޚުގައި މާލޭގައި އެކަނިވެސް ޖުމްލަ 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރަސްމީގަޑީގައި 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނުރަސްމީގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު 59 ކައިވެނި ކޮށްދިނުމަށް ތާވާލު ކޮށްފައިވާއިރު، ވަރީގެ 22 މައްސަލައެއް ވެސް މިއަދަށް ތާވަލުކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ރީތި ތާރީޚުތަކުގައި ކައިވެނި ކުރާ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ރީތި ތާރީޚްކަމަށްވާ 24-12-24 ގައިވެސްވަނީ 52 ކައިވެނިކޮށްފައެވެ.