30 މޭ 2025

Advertisement

މިރޭވެސް ހުޅުމާލޭގައި ހަވާ އަރުވަނީ

ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗު ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ރިވެލި ބީޗުގައި މިރޭ 20:00 ޖަހާއިރުކަމަށެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށެވެ.

Advertisement

ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.  

Advertisement

ކޮމެންޓް