09 ސެޕްޓެމްބަރު 2025

Advertisement

އައިލެންޑް އޭވިއޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

09 ސެޕްޓެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.  މުއްތަލިބުގެ އިތުރުން އެމްޑަބްލިއުއެސްސީގެ އަދި އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިހާރު އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓްތައް މާލޭގެ ފަސް އިމާރާތެއްގައި ހިންގަމުންދާތީ، ކުންފުނިން ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ދައުލަތުގެ މީޑިއާ ޕީއެމްއެމްއިން ރިޕޯޓުކޮށްފައިވެއެވެ. އާ އޮފީސް އިމާރާތް ނިމުމުން މާލޭގައި ހިންގާ އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއް އެއްފުރާޅެއްގެ ދަށަށް ގެނެވި، މާލީ ގޮތުން އެތައް ލުޔެއް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

Advertisement

ގާތްގަނޑަކަށް 4،745 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި އިމާރާތަކީ 12 ބުރީގެ އިމާރާތެކެވެ. އިމާރާތުގެ ފުރަތަމަ ބުރީގައި ޓިކެޓު އޮފީހެއް ގާއިމްކުރެވިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ "ހުނާން ނަންބަރު 6 އިންޖިނިއަރިން" ކުންފުންޏާއެވެ. އަދި މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުންނާއި މުވައްޒަފުންގެ އިތުރުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިލްޔާސާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް