29 އޮކްޓޯބަރު 2026

Advertisement

މިސީޒަންގެ ފުރަތަމަ "ކްލެސިކޯ" މެޑްރިޑުން ކާމިޔާބުކޮށްފި

26 އޮކްޓޯބަރު 2026

ސްޕެނިޝްލީގްގައި ކުޅެވޭ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ މެޗްކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މި ސީޒަނުގެ ފުރަތަމަ ކްލަސިކޯ މެޗް ރެއާލުން ކާމިޔާބުކޮށްފިއެވެ.

އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ މި މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕްނޯ ގައި 62 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ބާސެލޯނާއިން ނިކުތްއިން މި ސީޒަނުގައި އަދި އެ ޓީމު ލީގު މެޗަކުން ބަލިވެފައެއް ނުވެއެވެ. އެހެންކަމުން މި ނަތީޖާއާއިއެކު 69-1968 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑްއިން ހަދާފައިވާ ރެކޯޑާއި އެއްވަރު ކުރުމަށް ބާސެލޯނާއިން ކުރަމުން އައި މަސައްކަތަށްވަނީ ނިމުމެއް އައިސްފައެވެ

Advertisement

.ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ހެންސީ ފްލިކްގެ ބާސެލޯނާއިންނެވެ. ނަމަވެސް އެ ޓީމަށް ލިބުނު ރަގަޅު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތްވަނީ ނުވެފައެވެ.

މި މެޗުގައި ބާސެލޯނާއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލަތަކެއް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު އެންޑްރީ ލުނިން ވަނީ މަތަކޮށްފައެވެ. ލުނިން މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިފައިވަނީ ރެއާލް މެޑްރިޑްގެ އެއްވަނަ ކީޕަރު ޓިބާ ކޯޓުއާ ބަލިވުމާއި ގުޅިގެން އޭނާއަށް މި މެޗުގައި ނުކުޅެވޭތީވެއެވެ.

ރެއާލް މެޑްރިޑްއިން މި މެޗުގައި ލީޑު ނަގާފައިވަނި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް މެޗުގެ 61 ވަނަ މިނިޓުގައި ބާސެލޯނާގެ ޕެޑްރީ ދިން ބޯޅައަކުން އޭރިޔާ ތެރޭގައި ހުރެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 14 ވަނަ ލަނޑެވެ.

ރެއާލް މެޑްރިޑް އިން މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭރިޔާ ތެރެއިން އެޑުއާޑޯ ކަމަވިންގާ ދިން ޕާހަކުން ކިލިއަން އެމްބާޕޭއެވެ.

މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ބާސެލޯނާއަށް 10 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ އަދިވެސް އެއްވަނައިގައެވެ.  

Advertisement

ކޮމެންޓް