29 އޮކްޓޯބަރު 2026

Advertisement

ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

26 އޮކްޓޯބަރު 2026

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.  

މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.

Advertisement

ނުކުޅުދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ތައުލީމީ ޤާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވާއިރު، އެ ބަދަލުތަކަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ދައުރު ތަފްސީލުކޮށްދިނުމުގެ އިތުރުން، އެ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަސް ހުށަހަޅާފައިވާ ކަންކަން ހިމެނެއެވެ.  

ދަރިވަރުންގެ ދައުރު ތަފްސީލުކޮށް، ސްކޫލްގެ އިސްފަރާތްތަކާއި، މުދައްރިސުންނާއި، ބޮޑެތި މީހުންނަށް އިޙްތިރާމު އަދާކުރުމުގެ އާދަ އަށަގެންނެވުމަށް މަސައްކަތްކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފައިވެއެވެ. އަދި މުދައްރިސުންނާއި، ސްކޫލްގެ މުވައްޒަފަފުންނާއި، ދަރިވަރުންނަށް ގޯނާގެ އެއްވެސް އަމަލެއް ނުހިންގުމާއި އެފަދަ ކަމެއްގައި ބައިވެރިނުވުމުގެ އިތުރުން ދަރިވަރުން ކިޔަވާ ސްކޫލްގެ ގަދަރު ހިފެހެއްޓުން ފަދަ ކަންކަން އިތުރަށް ތަފްސީލްކޮށް ބިލުގައި ހިމަނާފައިވެއެވެ.

ހަމައެހެންމެ ސްކޫލަށްދާއިރު ކުއްޖާ ރަނގަޅަށް ކާނާ ލިބި ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތަށް ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދީ، ކުދިން އުނގެނުމަށް ތައްޔާރުކޮށްދޭން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.  

Advertisement

ކޮމެންޓް