31 ޑިސެމްބަރު 2025

Advertisement

މަމްދޫހު އަށް 397 އަހަރުގެ ޖަލު ހުކުމެއް

31 ޑިސެމްބަރު 2025

ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭނަގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާ 50 އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރިއިރު، 94 ދައުވާއެއް މަންޑޭގެ މައްޗަށް ސާބިތުވެފައިވެ އެވެ.

އޭނަގެ މައްޗަށް 397 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

Advertisement

އަދި މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން މަންޑޭ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް އަމުރުކޮށްފައިވެ އެވެ. އެވެ.

މި މުއާމަލާތިގެ މައްސަލާގައި މަންޑޭއާ އެކު ދައުވާކުރި ރ. އަލިފުށީ، ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް އުފުލި އެވެ. އަދި ގެ ތެރެއިން މިހާތަނަށް 86 ދައުވާއެއް ސާބިތުވުމާ ގުޅިގެން އިއްވީ 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.

މަންޑޭ އާއ ޖައިޝާން ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ދޭން ޖެހޭ މީހުންނަށް، ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް ވެސް ހުކުމްކުރި އެވެ.

Advertisement

ކޮމެންޓް