ތުޅާދޫއާއި ވިލުފުށީ ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅަން ހުޅުވާލައިފި
ބ.ތުޅާދޫއާއި ތ.ވިލުފުށީގައި ޢިމާރަތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައި ވަނީ، ތުޅާދޫގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓާއި، ވިލުފުށީގައި ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ޝަރުތު ހަމަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުޝަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ.
އެހެންކަމުން މި ޔުނިޓްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އޭޕްރިލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމަޔަށް އޮންނާނެކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ފޯމް ލެވޭނެ އެވެ.
މިނިސްޓްރީން އިޢުލާނުގައި ހައުސިންގ ޔުނިޓް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އާއްމު ކޮށްފައި ވެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން (4004900) އަށް ގުޅުއަވައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.