13 ޖެނުއަރީ 2026

Advertisement

އެސްޓީއޯގެ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް

13 ޖެނުއަރީ 2026

މި ސަރުކާރުން އުފެއްދި ބޭސް ކުންފުނީގެ ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލު ކުރަން ނިންމައިފި އެވެ.

ސަރުކާރުން ސަތޭކަ ޕަސެންޓް ހިއްސާވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހް މާހިރެވެ.

އެތަނުގެ ދަށަށް އެސްޓީއޯގެ ފާމަސީތަައް ބަދަލު ކުރުމުގެ މަރުހަލާ އަންނަ ހަފުތާފައި ފަށައި އަންނަ މަހުގެ 15 ގެ ނިޔަލަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުރި އެސްޓީއޯގެ ފާމަސީތަކާ އަންނަ ހަފުތާގެ އަންގާރަ ދުވަހު ބޭސް ކުންފުނިން ހަވާލު ވާނެ އެވެ.

Advertisement

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަނީ އެސްޓީއޯގެ ފާމަސީތައް ހިންގަމުންނެވެ. އެގޮތުން 196 ފާމަސީއެއް ހިންގަމުން ދެ އެވެ.

Advertisement

ކޮމެންޓް