17 ޖެނުއަރީ 2026

Advertisement

ދަނޫޝް އާއި މުރްނާލްގެ ކައިވެނި އަންނަ މަހު

17 ޖެނުއަރީ 2026

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އެކްޓަރު ދަނޫޝް އާއި ބަތަލާ މުރްނާލް ތާކޫރް އަންނަ މަހު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ދެ ތަރިންގެ ކައިވެނި ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ފެބްރުއަރީ މަހުގެ 14 ގައި ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެ ތާރީހުގައި ދަނޫޝް އާއި މުރްނާލްގެ ކައިވެނި ހަފުލާ ބާއްވަން ތައްޔާރީތައްވަމުން އަންނަ އިރު، އެ ހަފުލާގައި ބައިވެރިވާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެ މީހުންގެ ގާތް ރައްޓެހިން ކަމަށް މީޑިއާތަކުން ބުނެ އެވެ.

ދަނޫޝް އާއި މުރްނާލް ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް ގުޅުމާ ބެހޭ ގޮތުން ދެ ތަރިން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

Advertisement

އިންޑިއާގެ ދެކުނުގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތައް ވެސް މަދުމަދުން ކުޅޭ ދަނޫޝް، އަކީ ކުރިން ކައިވެންޏެއްކޮށް ދެ ފިރިހެން ދަރިން ވެސް ތިބި މީހެކެވެ. އެނަގެ ކުދިންގެ މަންމަ އަކީ މަޝްހޫރު ފިލްމީ ތަރި، ރަޖްނީކާންތުގެ ދަރިއެއް ކަމަށްވާ އައިޝްވާރިއާ ރަޖްނީކާންތެވެ. ދަނޫޝް އާއި އައިޝްވާރިއާގެ 2004 ގެ ކައިވެނި ރަސްމީކޮށް ރޫޅައިލީ 2022 ގަ އެވެ.

ދަނޫޝް އަކީ ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތެރެ އިޝްގް މޭ" ގެ ބަތަލެވެ.

ދަނޫޝްގެ ގޮތަށް މުރްނާލް، 33، އަކީ ވެސް ބޮލީވުޑާއި އިންޑއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ.

Advertisement

ކޮމެންޓް