01 އޭޕްރީލު 2026

Advertisement

އިޓަލީ އަށް ވޯލްޑް ކަޕުން ޖާގަ ގެއްލިއްޖެ

01 އޭޕްރީލު 2026

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފް ފައިނަލްގައި ޕެނަލްޓީގައި ބޮސްނިއާ އަތުން 4-1 އިން ބަލިވެ ވޯލްޑް ކަޕުން އިޓަލީ އަށް އަނެއްކާވެސް ޖާގަ ގެއްލިއްޖެ އެވެ.

މިއީ ވޯލްޑް ކަޕުން އިޓަލީއަށް ޖާގަ ނުލިބުނު ޖެހިޖެހިގެން ތިންވަނަ ފަހަރެވެ. އެންމެފަހުން އިޓަލީ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2014 ވަނަ އަހަރު އެވެ.

ބޮސްނިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓްގައި މޮއިސް ކީން ވަނީ އިޓަލީއަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިޓަލީގެ ޑިފެންޑަރު ބަސްޓޯނީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. ބަސްޓޯނީ އަށް ރަތްކާޑު ދެއްކީ ބޮސްނިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

Advertisement

ދެވަނަ ހާފުގައި ބޮސްނިއާ އިން އިޓަލީގެ ޑިފެންސަށް ބާރުބޮޑު ކުރަމުންދިޔައިރު، މެޗުގެ 79 ވަނަ މިނެޓްގައި ހަރިސް ޓަބަކޮވިޗް ވަނީ ބޮސްނިއާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފުގައި ވެސް ބޮޑަށް ނުރައްކާކުރީ ބޮސްނިއާ އެވެ. އެ ނުރައްކަލުން ޕެނަލްޓީއަށް ގޮސް، އިޓަލީގެ ފްރަންސެސްކޯ ޕިއޯ އެސްޕޮސީޓޯއާއި ބްރަޔަން ކްރިސްޓާންޓޭ އަތުން ޕެނަލްޓީ ނާކާމިޔާބުވި އެވެ. އަދި ބޮސްނިއާއިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް، ވޯލްޑް ކަޕް ޔަގީންކުރި އެވެ.

މިއީ 2014 ވަނަ އަހަރަށް ފަހު ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް