21 އޭޕްރީލު 2026

Advertisement

ފެން ކުންފުނީގެ އެމްޑީއަކަށް ފަހުމީ

14 އޭޕްރީލު 2026

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު މަގާމަށް ޙުސެއިން ފަހުމީ މިއަދު އައްޔަނުކޮށްފި އެވެ.

މި ސަރުކާރު ސްޓެލްކޯގެ އެމްޑީއަކަށް އެންމެ ފުރަތަމަ އައްޔަންކުރި ފަހުމީ، ފެން ކުންފުނީގެ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ އެމްޑީ އަބްދުލް މަތީން މީގެ ދެ ދުވަސް ކުރިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަހުމީ އައްޔަންކުރި އިރު، އޭނަ ސްޓެލްކޯގެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ގަ އެވެ. އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރީ ނޮވެމްބަރު 28، 2023 ގަ އެވެ.

Advertisement

އޭނަ އެ މަގާމުން ވަކިކުރި ފަހުން ސްޓެލްކޯ ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.

ފަހުމީ ސްޓެލްކޯ އިން ވަކިކުރި ފަހުން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގަ އެވެ.

Advertisement

ކޮމެންޓް