ޑިފެންސް މިނިސްޓަރު އިސްތިއުފާ ދީފި
ޑިފެންސް މިނިސްޓަރުކަމުން ގައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވަކި ކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން އިސްތިއުފާ ދެއްވައިފައިވެއެވެ.
އިއްޔެ ވަނީ ރައީސް މުއިއްޒާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ, އަލީ އާރިފް, ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.