ކަޅު ބާޒަރުގައި ޑޮލަރު ވިއްކި ބަޔަކު ޑިޕޯޓްކުރަނީ
ކަޅު ބާޒާރުގައި ޑޮލަރު ވިއްކި މައްސަލައެއްގައި އަނެއްކާ ވެސް ދެ ބިދޭސީއަކު ހައްޔަރުކޮށް އެ މީހުން ޑީޕޯޓްކުރަން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެެއްގައި ބުނީ އެ މީހުން އަތުލައިގަތީ، މާލޭގެ ޑޮލަރު އޭޓީއެމެއް ކައިރިން އިއްޔެ ކަމަށާއި މިއީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ސްޕެޝަލް ރެއިޑު އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި ދެ މީހުން ކަމަށް ބެސް ބުންޏެވެ.
ހައްޔަރުކުރި ދެ މީހުންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްދަލޭޝްގެ ބައެކެވެ. އިމިގްރޭޝަނުން ބުނީ އެ މީހުންގެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނާތީ ޑީޕޯޓް ކުރެވެން ދެން ތިބީ ބަންދުގައި ކަމަށެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ހަ ބިދޭސީއަކު ޑީޕޯޓުކޮށްފައިވެ އެވެ.