ދިރާގު ލިމިޓެއްނެތް ފައިބަރއަށް ހިލޭ އަޕްގްރޭޑް ކުރެވޭ ޕްރޮމޯޝަނެއް
ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި ހަލުއި ސްޕީޑާއި އަންލިމިޓެޑް އިންޓަރނެޓް ތަޖުރިބާކޮށްލުމުގެ މަގު ފަހިކޮށްދިނުމެވެ. މި ގޮތުން، ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕްކޭޖްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ 31 ޖުލައިގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ފައިބަރ 5އެމް ސްޓާޓަރ، ފައިބަރ 5އެމް ބޭސިކް، ފައިބަރ 5އެމް، ފައިބަރ 10އެމް ބޭސިކް އަދި ފައިބަރ 15އެމް ސްޓާޓަރ ގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިމިޓެއްނެތް ފައިބަރ ޕެކޭޖަށް ހިލޭ އަޕްގްރޭޑް ކުރެވޭނެއެވެ.
ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެއެވެ. މީގެ އިތުރުން ދިރާގުގެ ކަސްޓަމަރ ސަރވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް ޕެކޭޖް އަޕްގްރޭޑް ކުރެވޭނެއެވެ.
މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންގެ އިންޓަރނެޓް ތަޖުރިބާ އިތުރަށް ފުރިހަމަވެ، ވީޑިއޯ ސްޓްރީމް ކުރުމާއި، ޑައުންލޯޑް ކުރުމާއި، އޮންލައިން ގޭމިންގް އަދި ވީޑިއޯ ކޯލްތަކުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ ދިރާގުން ދަނީ އީޖާދީ އުފެއްދުންތަކާއި އައު ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.