22 ނޮވެމްބަރު 2024

Advertisement

ޖޫން މަހު ގެވެށި އަނިޔާއާ ގުޅޭ 5 މައްސަލައެއް ފެމިލީ ކޯޓަށް ހުށަހަޅާފައިވޭ

30 ޖުލައި 2023
-

މިދިޔަ ޖޫން މަހު ގެވެށި އަނިޔާއާ ގުޅޭ 5 މައްސަލައެއް ފެމިލީ ކޯޓަށް ހުށަހަޅާފައިވާކަމަށް އެެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ވަނީ އެ ކޯޓުގެ ނިމިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހު ގެވެށި އަނިޔާއާ ގުޅޭ 5 މައްސަލައެއް ހުށަހަޅާފައިވާއިރު، ރައްކާތެރި ކުރުމުގެ އަވަސް އަމުރުގެ ގޮތުގައި 5 އަމުރެއް ވަނީ ނެރެދީފައެވެ.

Advertisement

މެއި މަހުގެ މައްސަލަތަކުގެ ތެރެއިން 6 މައްސަލައެއް ޖޫން މަހާ ހިސާބަށް އައިއިރު ނުނިމި ހުއްޓެވެ. އަދި ޖޫން މަސް ނިމުނުއިރު 6 މައްސަލައެއް ނުނިމި ހުރިކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން، ޖޫން މަހު ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 80 އިންސައްތަ މައްސަލައަކީ އަންހެނުން ހުށަހަޅާފައިވާ މައްސަލަކަމަށްވެސް އެ ކޯޓުން މައުލޫމާތު ދެއެވެ.

ކައިވެންޏާއި ވަރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ވަނީ 254 ކައިވެނި ކޮށްދީފައެވެ.

ވަރީގެ މައްސަލަތަކަށް ބަލާއިރު، 79 ވަރި ކޮށްދީފައިވެއެވެ.

Advertisement

ކޮމެންޓް