ޑިޕްރެޝަން
ގިނަ މީހުންނަށް އުމުރުގެ ވަކި ހިސާބަކުން ޑިޕްރެޝަންގެ އަސަރު ކޮށްފައި ހުރެއެވެ. ޑިޕްރެޝަން އަކީ ވަރަށް އަވަހަށް އެކަމަށް ފަރުވާ ހޯދަން ޖެހޭ (ސީރިއަސް) ބައްޔެކެވެ. މި ބަލީގެ ސަބަބުން މީހާގެ ވިސްނުމަށާއި ކަންކަމުގައި އެމީހާއަށް އިޙުސާސްކުރަން ޖެހޭ އިޙުސާސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. އަދި މީހާ ބަލިކަށިކޮށްލާ ކަންކަމުގައި މީހާ ޢަމަލުކުރާ ގޮތަށް ވެސް ވަރަށް ބޮޑެތި ނެދެވޭ، (ނެގެޓިވް) ބަދަލުތަކެއް ގެނުވައެވެ. މި ބައްޔަކީ ގިނަދުވަހު ފަރުވާ ނުކޮށް ހުރެއްޖެނަމަ، ނުރައްކާތެރިކަން އިތުރުވެގެން ހިނގައިދާނެ ބައްޔެކެވެ.
މިކަން ދެނެގަންނަންވީ ކީއްވެ؟
ޑިޕްރެޝަން ހުންނަ މީހެއް ނަމަ ވިސްނަންޖެހޭ ހާލަތްތަކުގައި ކޮންމެ ފަދަ ގޮތަކަށް ވެސް ކަންކަން ނިންމަފާނެއެވެ. މާ ބޮޑަށް ބޯ ހާސްވެ ހަދާނެ ގޮތް ހުސްވުމުން މިފަދަ މީހުން އަމިއްލަ އަށް މަރުވާން ވެސް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ނުވަތަ މާބޮޑަށް ރުޅި ގަދަ ވުމުން ވެސް މިފަދަ މީހުން އަމަލުކުރާ ގޮތް ތަފާތު ވެދާނެއެވެ.
ޑިޕްރެޝަންގެ އަލާމާތްތައް
· ހުސްކަން އިހްސާސްވުން
· އަބަދު ދެރަވެފައި ހުރުން
· އެއްވެސް ކަމެއް ކުރާ ހިތް ނުވުން
· އެންޒައިޓީ
· ކަންކަމުގައި އުންމީދު ކެނޑުން
· ކަންކަން ކުރުމަށް ފަހު ފަހުން އެކަމާ ދެރަވެ ލަދުގަތުން (ގިލްޓީ) އިހުސާސްކުރެވުން
· ހޮބީސް ގޮތުގައި ޝައުޤުވެރި ކަމާއިއެކު ކުރަމުން އައި ކަންކަމުގައި ފޫހިކަން އިހްސާސްވުން
· ވަރުބަލިކަން އުހުސާސްކުރެވި، ބާރު ދެރަވުން
· ހަށިގަނޑަށް އަރާމެއް ލިއްބައި ނުދިނުން، އަދި އިށީނދެ އިންނަން ވެސް އުނދަގޫވުން
· ކަންކަމަށް ކޮންސެންޓްރޭޓްކުރަން އުނދަގޫވުން، ހަނދާން ބަހައްޓަން އުނދަނގޫވުން އަދި ކަންކަމުގައި ގޮތް ނިންމަން އުނދަގޫވުން
· ނިދަން އުނދަގޫވުން ނުވަތަ ފަތިހު ތެދުވަން އުނދަގޫވުން ނުވަތަ މާގިނައިން ނިދުން
· ކުއްލިއަކަށް ބަރުދަނަށް ބޮޑު ބަދަލުތަކެއް އައުން
· ތަންތަނަށް ތަދުވުން، ބޮލުގައި ރިހުން، އަދި މިފަދަ ތަދުތަކަށް ބޭސް ކެއުމުން ވެސް ރަނގަޅު ނުވުން
· އަމިއްލައަށް މަރުވުމުގެ ޚިޔާލު އައުން ނުވަތަ މަރުވާން އުޅުން
އަހަރެން ކުރަންވީ ކީއް؟
ޑިޕްރެޝަން ތަހައްމަލް ކުރަމުން ދާ މީހެއް ނަމަ މަތީގައި ދެންނެވި ކަންކަމުގައި އަމަލުތައް ހުންނާނީ ވަރަށް ތަފާތުކޮށެވެ. އަދި އެފަދަ ހާލަތެއްގައިވާ މީހަކަށް އިމޯޝަނަލް ސަޕޯޓެއް ދިނުމުގެ ކުރިން އެމީހާ ހަމައަކަށް އެޅޭންދެން މަޑުކޮށްލަންޖެހެއެވެ. ނުވަތަ އެފަދަ މީހަކު ހަމައަކަށް އަޅުވަން މަސައްކަތް ކުރުން ބުއްދިވެރިއެވެ. ފަހަރުގައި ވާހަކަ ދައްކާ މީހާއަކީ އެކަމަށް ބޭސް ނަގަމުންދާ ފަރާތެއް ކަމުގައި ވެސް ވެދާނެއެވެ. އެހެން ވެއްޖެނަމަ ބޭސް ނަގައިފިނަމަ އެމީހާ އަވަހަށް ހަމައަކަށް އެޅޭނެއެވެ. އެހެންކަމުން ބޭސް ކެއުމަށް އެމީހަކަށް ބާރުއަޅާށެވެ.
އިތުރަށް ވެސް އެމީހާއަށް އެހީ ބޭނުންވާހެން ހީވާނަމަ، ޕްރޮފެޝަނަލް މީހަކަށް ދެއްކުމަށް ލަފާދޭށެވެ. ނުވަތަ އެކަމަށް އެމީހަކަށް އެހީތެރިވެދޭށެވެ.