22 ނޮވެމްބަރު 2024

Advertisement

މަޑަވެލީގައި ރައީސްގެ ޖަލްސާ އަށް ތައްޔާރުކުރި ތަނުގައި ހުޅުޖަހައިފި

08 އޯގަސްޓު 2023
-

އީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖަހައިފި އެވެ.

އެ ރަށުގެ އުތުރު ފަރާތުގައި ހަދާފަައިވާ އެ ތަނުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް މިއަދު ފައްޓަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގަންވަން އޮތީ ހެނދުނު 9 ޖަހާއިރު އެވެ.

Advertisement

އެކަމަކު މަޑަވެއްޔަށް ވަޑައިގަންނަވާ ވަގުތު މި ވަގުތަށް ލަސްވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ މީހުންނާ ބައްދަލުކުރަން ތައްޔާރުކުރި ތަނުގައި ރޯކުރުމުން މިހާރު އެ ބައްދަލުވުން ބާއްވަން ކަނޑައެޅީ ރަށުގެ ޖެޓީއާ ދިމާލުން އަތިރިމަތީގައި ކަމަށް މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އެ ތަނުގައި ރޯކޮށްލުން ފިޔަވައި އެ ކަހަލަ އިތުރު ކަމެއް މި ރަށުގައި ނެތް. ހަމަނުޖެހުމެއް ކަހަލަ ކަމެއް ނެތް،" މަޑަވެލީގައި ހުރި އެމްޑީޕީގެ މީހަކު ބުންޏެވެ.

ނަމަވެސް ރައީސްގެ ދަތުރުފުޅާ ދިމާކޮށް މަޑަވެލީގައި އިދިކޮޅު ޕީޕީއެމްގެ މީހުން މުޒާހަރާ އަށް ތައްޔާރުވަމުން ދާ ކަމަށް އެ ޕާޓީގެ މަޑަވެލީގެ މެމްބަރަކު ބުންޏެވެ.

މަޑަވެއްޔަކީ އެމްޑީޕީ އަށް ވުރެ ޕީޕީއެމްގެ ތާއީދު ބޮޑު ރަށެކެވެ.

Advertisement

ކޮމެންޓް