ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތަކުގެ ތަރުތީބުކޮށްފިއެވެ. ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވަނީ، ރިޔާސީ އިންތިޚާބާއި ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގޮތުން، ވަނީ ގުރުއަތެއް ނަގާފައެވެ. ކެންޑިޑޭޓުން ގުރުއަތު ނަގާފައިވަނީ، ކޮންމެ ކެންޑިޑޭޓެއްވެސް އިންތިޚާބަށް ފޯމު ހުށައެޅުއްވި ތަރުތީބުންނެވެ.
ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރުކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލްކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒުކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމްކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫންކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
ނަންތައް ތަރުތީބު ކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް 1 މަސް ދުވަހުގެ މުއްދަތެއް ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ. އެގޮތުން، 5 ޕާޓީއަކުން ކެނޑިޓުން ވާދަކުރައްވާއިރު، ކުރައްވާއިރު، އަމިއްލަ ގޮތުން 3 ކެންޑިޑޭޓެއް ވާދަކުރައްވައެވެ.މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.