22 ނޮވެމްބަރު 2024

Advertisement

ބޮޑު ކަންނެލި ގަންނަ އަގު 80ރ. ގައި ހިފަހައްޓާނަން: މުއިއްޒު

19 އޯގަސްޓު 2023
-

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރޯމަސް ގަންނަ އެންމެ ދަށް އަގު 20ރ. ގައި އަދި ބޮޑު ކަންނެލި ގަންނަ އެންމެ ދަށް އަގު 80ރ. ގައި ހިފަހައްޓާނެ ކަމަށް އޭނާ މިއަދު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ވަރަށް މުހިންމު ތިން ޗެޕްޓަރެއް އޮންނައިރު، އޭގެ ތެރެއިން އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ ކަމަށެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި ވެސް އެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ މުހިންމު ކަމަކަށް ރޯމަހާއި ބޮޑު ކަންނެލި ގަންނަ އެންމެ ދަށް އަގު ކޮންޓްރޯލްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ރޯމަސް ގަންނަ އެންމެ ދަށް އަގު 20ރ. އަށް ހަދާނަން. ރޭ މުލަކުގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ވިދާޅުވިން ބޮޑު ކަންނެލި ގަންނަ އެންމެ އަށް އަގު 80ރ. އަށް ހަދާނެ ކަމަށް ވެސް،" މުއިއްޒު ވިދާޅުވި އެވެ.

އޭ ގްރޭޑުގެ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގަކީ 100ރ. ކަމަށް ކަނޑައަޅައި މަސްވެރިންނަށް ޑީސަލާއި ޕެޓްރޯލް ލިބޭ އަގު މިހާރަށް ވުރެ ދަށް ކުރަން ވެސް މުއިއްޒު ރޭ ވައުދުވެވަޑައިގެންނެވި އެވެ. އަދި މިފްކޯގެ ހިއްސާ ވެސް މަސްވެރިންނަށް ވިއްކާނެ ކަމަށް ވިދާޅުވި އެވެ.

ދިއްގަރަކީ މުއިއްޒުގެ މި ކެމްޕެއިން ދަތުރުގައި މ. އަތޮޅުން ވަޑައިގަންނަވާ އެންމެ ފަހު ރަށެވެ. ދެން ވަޑައިގަންނަވާނީ ވ. އަތޮޅުގެ ރަށްތަކަށެވެ.

Advertisement

ކޮމެންޓް