22 ނޮވެމްބަރު 2024

Advertisement

ޕާކިން ސްލޮޓްތަކަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭގޮތް ހަދާނަން: މުޢިއްޒު

26 އޯގަސްޓު 2023
-

ޕާކިން މައްސަލަ ޙައްލުކުރުމަށް، މަގުތަކުން ޕާކިން ސްލޮޓް ހަދާ ވެހިކަލް ރަޖިސްޓްރީ ކޮށްދެއްވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.މުޢިއްޒު މިހެން ވިދާޅުވީ، މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ.މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަށްފަހު މާލޭގެ ރައްޔިތުންނަށް ދެން ފުއްދަވައިދެއްވާނެ އެންމެ މުހިންމު ވަޢުދަކީ، މާލޭގެ މަގުތަކުގެ މައްސަލަ ޙައްލުކޮށްދެއްވުންކަމަށެވެ.މުޢިއްޒު ވިދާޅުވީ އެންމެ ކަންބޮޑުވުން އޮތް ކަމަކީ، ޕާކު ކުރުމުގެ މައްސަލަކަމަށެވެ. އެކަމަށް ހައްލުހޯދާ ދެއްވުމަށް ޕާކިން އޭރިއަތަކާއި ބިލްޑިންގްތައް އަޅުއްވާނެކަމަށެވެ. އަދި ގަރާޖު ސިޓީ ހޯދަން ނުޖެހޭގޮތަށް، އެސްލޮޓްތަކަށް ވެހިކަލް ރަޖިސްޓްރީކުރެވޭނެގޮތް ހައްދަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މަސައްކަތް ކުރުމަށް ބޭނުންވާނެ ޤާނޫނީ އިސްލާހުތައް ގެންނަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒުވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށެވެ.މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލުން، މާލޭގެ މަގުހެދުމަށް އިޢުލާންކުރެއްވި 400މިލިއަން ރުފިޔާގެ މަޝްރޫޢެއް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ތުޙުމަތުކުރައްވާފައެވެ. އަދި މިސަރުކާރުން އަމީނީމަގުގެ މަސައްކަތް ކުރައްވަމުން ގެންދަވާގޮތަށްވެސް ފާޑުވިދާޅުވިއެވެ.މުޢިއްޒު ވިދާޅުވީ މާލޭގައި އެންމެ ފުރަތަމަ ފަށާނެ މަސައްކަތްތަކުގެތެރޭގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭކަމަށެވެ."މަގުތަކުގައި ޒަމާނީ ފެން ހިންދާ ނިޒާމު ލާނަން. ފަަޔަރ ހައިޑްރަންޓްތައް ބަހައްޓާނަން. ދާއިމީ ޙައްލެއް މި މައްސަލައަށް ގެންނާނަން." މުޢިއްޒު ވިދާޅުވިއެވެ.އެގޮތުން ބޮޑެތި މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމާއި، އަދި އެތެރޭގެ މަގުތަކުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް