22 ނޮވެމްބަރު 2024

Advertisement

ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާއި އަލުން ގުޅުނީ ރައްޔިތުން އެގޮތަށް އެދޭތީ: ޝިޔާން

26 އޯގަސްޓު 2023
-

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ދަ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.ޝިޔާން އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވިއެވެ. ޝިޔާން އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން އެއް މެންބަރެވެ.ޝިޔާން އެމްޑީޕީއަށް ސޮއިކުރެއްވި ފޯމާ ޙަވާލުވެވަޑައިގަތީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާދުރުގައި އުޅުއްވާތާ ދުވަސްވަތަކެއް ވުމަށްފަހުއެވެ. ޝިޔާން ވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިންގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.ޝިޔާން ވިދާޅުވީ އަލުން އެމްޑީޕިއާއި ގުޅިވަޑައިގަތީ އެދާއިރާގެ ގިނަ ރައްޔިތުން އެގޮތަށް އެދޭތީކަމަށެވެ. ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާއާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވިސްނުން ބަދަލުކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީކަމަށެވެ.ދަ ޑިމޮކްރެޓްސް ދޫކުރައްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފްވެސް ދާދިފަހުން ވަނީ އަލުން އެމްޑީޕީއާއި ގުޅިވެވަޑައިގެންފައެވެ.

Advertisement

ކޮމެންޓް