22 ނޮވެމްބަރު 2024

Advertisement

މިވަގުތު ރާއްޖެއަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމު ނޫން ގޮތެއް: އަސްލަމް

04 އޮކްޓޯބަރު 2023
-

މިވަގުތު ރާއްޖެއަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމު ނޫން ގޮތެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަސްލަމް ވިދާޅުވީ 17 އަހަރުވީއިރު ގާނޫނު އަސާސީއަށް ރަނގަޅަށް އަހުލުވެރި ނުވާ ކަމަށާއި އަދި ލާމަރުކަޒީ ނިޒާމަށް ވެސް ރައްޔިތުން ރަނގަޅަށް އަދި އަހުލުވެރި ނުވާ ކަމަށެވެ. މީގެއިތުރުން އަސްލަމް ވިދާޅުވީ އެކަން އެގޮތަށް އޮތް އިރު އަނެއްކާ ނިޒާމު ބަދަލުކޮށްގެން ވާނުވާއެއް ނޭނގި މިކަމުގެ ތެރޭގައި ތިބެން ނުޖެހޭނެ ކަމަށާއި މިހާރު މިއޮތް ނިޒާމުގެ ތެރެއިން ވެރިކަން ރަނގަޅަށް ކުރެވެމުންދާ މަންޒަރު ފެންނަމުންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް