ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން މިއަހަރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަންހެދި އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އަދާލަތު ޕާޓީގެ މަޝްވަރާގެ މަޖިލީހުންގެ އިއްތިފާޤުން ނިންމާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން މިގޮތަށް ފާސްކުރިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގާނަމަ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް ވަނީ ނިންމާފައެވެ.