22 ނޮވެމްބަރު 2024

Advertisement

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

04 އޮކްޓޯބަރު 2023

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހެނދުނު 08:00 އިން ފެށިގެން މެންދުރު 01:00 އާ ހަމައަށެވެ. އަދި މިވަގުތު ތަކުގައި ވައިގަދަވެ ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދާ، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ކަންކަން ފުރިހަމަ އަށް ހުރިތޯ ބެލުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

Advertisement

Advertisement

ކޮމެންޓް