22 ނޮވެމްބަރު 2024

Advertisement

ޕީއެންސީގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ހަމަޖައްސައިފި

05 އޮކްޓޯބަރު 2023

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައިފިއެވެ.

ޕީޕީއެމުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޕީއެންސީން މިރޭ ބޭއްވި މަޖިލިސް ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. މުއިއްޒު ހަމަޖައްސާފައިވާ ކަމަށެވެ. 

އެ މަގާމަށް ޑރ. މުއިއްޒު ހަމަޖައްސާފައި ވަނީ މިރޭ އެޕާޓީން ބޭއްވި ސެނެޓް ބައްދަލުވުމުގައެވެ. ޕީއެންސީ އިން މިރޭ ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި 40 މެމްބަރުންގެ އިއްތިފާގުން ވަނީ ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފަ އެވެ.

Advertisement

ޕީއެންސީ ގެ ރައީސް އަކަށް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސާފައި ވާއިރު އެ ޕާޓީން ވަނީ އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް ހަމަޖައްސާފައެވެ. މީގެ އިތުރުން، ކުރިން އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބަދަލު ކޮށްފައެވެ.

Advertisement

ކޮމެންޓް