12 އޭޕްރީލު 2025

Advertisement

ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސް ހުޅުވައިފި

30 ޖެނުއަރީ 2025

ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ހޯރަފުށީ ހާފްވޭ ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވީ މިހާރު ތިލަދުއްމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެންނެވެ. ހާފްވޭ ހައުސް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވަނީ އެތަނުގެ ދިދަ ވެސް ނަންގަވައިދެއްވައިފަ އެވެ.

ހާފްވޭ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement

ހޯރަފުށި ހާފްވޭ ހައުސް އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރު 6.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

Advertisement

ކޮމެންޓް