22 ނޮވެމްބަރު 2024

Advertisement

ވިލިމާލެ ގެއެއްގައި ރޯވެއްޖެ

07 އޮކްޓޯބަރު 2023

ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ބަސްމަލާ" ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފަތިހު 05:12 އެހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބިފާވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ، އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ ދެ ކޮޓަރިއެއްގައެވެ. އަދި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ފަތިހު 05:55 އެހާއިރުވަނީ ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާހާނާއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

Advertisement

Advertisement

ކޮމެންޓް