މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފަރްހަތު އެ މަގާމަށް އައްޔަންކުރީ މިއަދު ކަމަށެވެ.
ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް މިއަދު ހަމަޖައްސާފައި މިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ޔުކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޮވް މިމަހުގެ ތިންވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.
މިފްކޯގެ އާ ސީއީއޯ ފަރުހަތު މީގެކުރިން ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފަ އެވެ.