09 މާރިޗު 2025

Advertisement

އަންނަ ހޯމަ ދުވަހުގެ ކުރިން މަސްދަޅު ކޭސް ބަހާ ނިންމަނީ

05 މާރިޗު 2025

އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ކުރިން ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ދޫކުރާ މަސްދަޅު ކޭސްތައް ބަހައި ނިންމުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވަޒީރު ވިދާޅުވީ، އަމާޒަކީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި ރޯދަ ހަދިޔާ ބަހައި ނިންމުންކަމަށާއި ބުރާސްފަތި ދުވަހު ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ރޯދަ ހަދިޔާ ފޯރާނެކަމަށެވެ. 

އެއާއެކު މަސްދަޅުކޭސް ބެހުމުގެ މަސައްކަތް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޢަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

ރޯދަ ހަދިޔާ ބެހުން މި ރަމަޟާންމަހު މާލެ ސަރަހައްދުގައި ކުރިއަށްދާނީ ރޭގަނޑު 9:30 އިން 11:30 އަށެވެ. ރޯދަ ހަދިޔާ ބެހުން މާލޭގެ 5 ސަރަޙައްދުގައި ކުރިއަށްދެއެވެ. ރޯދަ ހަދިޔާ ބަހަނީ ޓޯކަން ނިޒާމެއްގެ ތެރެއިން، ހަދިޔާ ބަލާ ހާޒިރުވާންޖެހޭ ތަނާއި ގަޑި އެމީހަކަށް ދުރާލާ އިނގޭނެގޮތަށެވެ.

Advertisement

ކޮމެންޓް