14 މާރިޗު 2025

Advertisement

ބ. އަތޮޅުގެ ރަށްތަކަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރަނީ

މޯލްޑިވިއަން އިން ބ. އަތޮޅުގެ ރަށްތަކަށް ސީޕްލޭންގެ ޚިދުމަތެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ. 

މިޚިދުމަތުގެ ދަށުން ބ. ފުޅަދޫ، ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށް ދަތުރުކުރާ ފަސިންޖަރުންނަށް އަވަސް އަދި ފަސޭހައިން ދަތުރުތައް ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. 

ސީޕްލޭން ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މާރޗް 31 ވަނަ ދުވަހުއެވެ. 

Advertisement

މިއީ ޢީދު ދުވަސްވަރާ ދިމާކޮށް ފަށާ ޚިދުމަތަކަށްވެފައި، ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. މި ދަތުރުގައި ހޭދަވާނީ 25 މިނެޓެވެ. 

ޓިކެޓް ވިއްކަން ފަށާފައިވަނީ މާރޗް 13 ވަނަ ދުވަހުން ފެށިގެން ކަމަށާއި ދަތުރުވެރިންނަށް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 24 ގަޑިއިރު ހުޅުވިފައި ހުންނަ ކޯލް ސެންޓަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. 

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ އެތެރޭގެ 16 ވައިގެ ބަނދަރަކަށް ޚިދުމަތްދޭ، އަދި ބޭރުގެ އެކި ޤައުމުތަކަށްވެސް ދަތުރުކުރާ ކުންފުންޏެކެވެ. 

މި ކުންފުނީގެ އުދުހުންތަކުގައި  އޭ320 އާއި އޭ330ގެ ބޮޑެތި މަތިންދާ ބޯޓުތަކާއި، ޑޭޝް 8، އޭޓީއާރު އަދި ޑީއެޗްސީ-6 ޓުވިން އޮޓަރ ފަދަ އެއްގަމާއި ކަނޑުމަތީގައި ޖައްސާ މަތިންދާބޯޓުތައް ބޭނުންކުރަމުންދެ އެވެ. 

Advertisement

ކޮމެންޓް