18 އޭޕްރީލު 2025

Advertisement

އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާއިން ހަރުކަށި ކުރަނީ

09 އޭޕްރީލު 2025

ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނުން އިންކާރު ކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް އިންޒާރު ދެއްވައިފިއެވެ.

އީރާނާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގައި އެމެރިކާގެ މައިގަނޑު މަޤުޞަދަކީ އިރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމަށް މަޖުބޫރު ކުރުވުމެވެ. މިއީ، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕް ޤަބޫލު ކުރައްވައެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ޓްރަމްޕް ވަނީ ދަޢުވަތު އަރުވާފައެވެ. އީރާނުން މި ދަޢުވަތަށް އިންކާރު ކޮށްފައި ނެތް ނަމަވެސް، އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުން ވަނީ ދެކޮޅު ހަދާފައެވެ. އޭޕްރިލް 12ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ ކަން ޓްރަމްޕް ދާދި ފަހުން ހާމަކުރެއްވިއެވެ.

Advertisement

ނަމަވެސް، އީރާނުން ބުނީ، އޮމާންގައި ބާއްވާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބޫސަޢީދީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. އޮމާންގައި ބާއްވާ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ.  

Advertisement

ކޮމެންޓް