08 މޭ 2025

Advertisement

ޖުޑިޝަރީ ކޮމިޓީން ނިޒާރު ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން، ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ އައްްޑޫ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރިު ވަކިކޮށްފި އެވެ.

އެ ކޮމިޓީ އަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރަމުން ދަނިކޮށެވެ.

އެގޮތުން އެ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންމެވި ނިޒާރު ކޮމިޓީން ވަކިކޮށް، އޭނަގެ ބަދަލުގައި ކޮމިޓީ އަށް މިހާރު އައްޔަންކޮށްފައި ވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމްދީދީ އެވެ.

Advertisement

ކޮމިޓީ އަށް ބަދަލު ގެނައިކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އަބްދުއްރަހީމް އިއުލާން ކުރެއްވި ނަމަވެސް ބަދަލު ގެނައި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ. އަނެއް ދެ މެންބަރުންނަކީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރެވެ.

ސުޕްރިމް ކޯޓްގެ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ހުށަހަޅާފައި އޮތީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

Advertisement

ކޮމެންޓް