މާލެ ސިޓީ ގައި ހުންނަ އިމާރާތެއްގެ ބައެއް ފީވެގެން ވެއްޓިޖެއެވެ.
ފީވެގެން ވެއްޓިފައިވަނީ މާލެ ސިޓީ، ފަރީދީ މަގު ގޯޅިގަޑެއްގެ ތެރޭގައި ހުންނަ މ. ސުންބުލާ ނަމަކަށް ކިޔާ ގޭގެ ބެލްކަނީގެ ބައެކެވެ.
ފީވެގެން ވެއްޓުނު މ. ސުންބުލާގޭ ގައި ހުންނަ އިމާރާތަކީ ދުވަސްވުމުގެ ސަބަބުން ފީވެގެން ވީރާނާ ވާން ކައިރިވެފައި ހުރި އިމާރާތެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.