23 ނޮވެމްބަރު 2024

Advertisement

ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީ އަށް

29 އޮކްޓޯބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދައިރާގެ މެންބަރު އިބްރާޙީމް ނަސީމް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.

މެންބަރު ނަސީމް ޕީއެންސީއާއި ގުޅިވަޑައިގަނެފައިވާ ކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްިޑްސް (ޕީޕީއެމް) އިން ޓްވިޓަރ ގައި ކުރި ޕޯސްޓެއްގައެވެ.

މެންބަރު ނަސީމް ޕީއެންސީއާއި ގުޅިވައިޑައިގަތުމުން ފޯމާއި ހަވާލުވީ އެ ޕާޓީގެ ޗެއަރ ޕާސަން އަބްދުﷲ އަބްދުއްރަހީމް (އަދުރޭޭ) އެވެ. ނަސީމް ޕީއެންސީއަށް ސޮއިކުރެވުމާއެކު ޕީޕީއެމް/ޕީއެންސީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

Advertisement

Advertisement

ކޮމެންޓް