އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
މުއިއްޒު ޔޫއޭއީ އަށް ކުރެއްވި މިދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ޔޫއޭއީގެ ސަރުކާރުންނެވެ.
މުއިއްޒު ޔޫއޭއީއަށް ކުރެއްވީ އަމިއްލަ ދަތުުރުފުޅަކަށް ވާތީ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އިންތިހާބީ ރައީސްގެ އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.
މުއިއްޒު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ.