20 އޭޕްރީލު 2025

Advertisement

ގައުމީ ޔުނިވަސިޓީން 89 ކޯހަކަށް ހުޅުވާލައިފި

26 ނޮވެމްބަރު 2023

އަންނަ އަހަރުގެ ފެބްރުއަރީ އިންޓޭކްގެ 89 ކޯހަކަށް ގައުމީ ޔުނިވަސިޓީން ހުޅުވާލައިފި އެވެ.

އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދީފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 އާ ހަމައަށެވެ.

ފެބްރުއަރީގައި ފަށާ 89 ކޯހަކަށް ހުޅުވާލި އިރު، އޭގެ ތެރޭގައި 12 ދާއިރާއެއްގެ ކޯސްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ ސިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ގުޅޭ ކޯސްތަކެވެ. އަދި އެންމެ ގިނައީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ބެޗްލާސް ޑިގްރީ ފެންވަރުގެ ކޯސްތަކެވެ.

Advertisement

ގައުމީ ޔުނިވަސިޓީ އަކީ ރާއްޖޭގައި މަތީ ތައުލީމަށް އެންމެ ގިނަ ދަރިވަރުން ތަފާތު ދާއިދާތަކުން ކިޔަވަމުން އަންނަ އިންސްޓިޓިއުޓެވެ.

Advertisement

ކޮމެންޓް