20 އޭޕްރީލު 2025

Advertisement

ޝިއުނާ އާއި މަލްޝާއަށް ޑެޕިއުޓީ މިނިސްޓަރުކަން

27 ނޮވެމްބަރު 2023

މާލެ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކްޓިވް އަދި ތަރުޖަމާނު ކަމުގެ މަގާމުގައި ހުންނެވި، މަރިޔަމް ޝިއުނާ(ނަންނަ) އާއި އެ ކައުންސިލުގެ މީޑިއާ އޮފިސަރު މަލްޝާ ޝަރީފު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.

އެ ދެބޭފުޅުންވެސް މިއަދު ވަނީ މާލެ ސިޓީ ކައުންސިލްގެ މަގާމުތަކުން އިސްތިއުފާ ދެއްވާފައިވާ ކަން އަންގަވައިފައެވެ.

މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން އަންގަވައި މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ޝިއުނާގެ އިތުރުން މަލްޝާ ވަނީ މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވުނު ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

އަދި ކައުންސިލަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުއިއްޒުއަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މަގާގައި ހޭދަކުރި ދުވަސްތަކުގައި މީޑިއާތަކުން ތިޔަ ބެހެއްޓެވި ގާތްކަމަށްޓަކައި ހުރިހާ މީޑިއާތަކަށް ޝުކުރު ދަންނަަވަން." ޝިއުނާ މީޑިއާތަކަށް ފޮނުއްވި މެސެޖުގައިވެއެވެ.

ޝިއުނާ އާއި މަލްޝާ އަކީވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިނުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ވެސް ކެމްޕެއިން ތެރޭގައި އާއި ކައުންސިލްގެ އެކިކަންކަމުގައި މީޑީއާތަކާ ވަރަށް ގާތުން މަސައްކަތް ކުރިއެވެ.

Advertisement

ކޮމެންޓް