20 އޭޕްރީލު 2025

Advertisement

އީވާގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ ތްރީލައިން ވިޕެއް

27 ނޮވެމްބަރު 2023

މަޖިލީހުގެ ނާއިބު ރައީސް އީވާ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރެފިއެވެ.

އީވާގެ އިތުބާރު ނެތްކަމަށް ފާސްކުރަން ތްރީ ލައިން ވިޕެއް ނެރެން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކި ކުރުމުގެ ނޯޓިސް އީވާގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވަނީ ނޮވެމްބަރު މަހުގެ 16ގައެވެ. އަދި އީވާ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކު، ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

Advertisement

އޭނާ ވަކިކުރުމަށް ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ އީވާ އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ކެންޑިޑޭޓުންގެ އިޤުރާރުގައި ސޮއިކުރައްވައިގެން ކަމަށާއި އިންތިޚާބުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އެ އިޤުރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އަމިއްލަފުޅަށް އެދިވަޑައިގެން، އެމްޑީޕީގެ މެންބަރުކަމުން އީވާ ވަކިވެވަޑައިގެންފައިވާތީ އެ އަމަލަކީ އެ އިޤުރާރާ ޚިލާފުވުންކަން އެނގެން އެބައޮތް ކަމަށެވެ.

އަދި އެމްޑީޕީ މެންބަރުން އީވާއަށް ވޯޓުދީފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުންނެވުމާއެކު އެމްޑީޕީއަށް އިހްލާސްތެރިވެވަޑައިގަންނަވާނެ ކަމަށް އިތުބާރުކޮށްގެންކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމްޑީޕީން ވަކިވެވަޑައިގަތުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އީވާއަށް ކުރަމުންދިޔަ އިތުބާރު ގެއްލިފައިވާކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

އީވާ ވަނީ މަޖިލީހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަވަން ގަސްތުގައި ހުރަސް އަޅުއްވާފައި ކަަމަށާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އީވާ ޢަމަލުކުރައްވާފައިވާ ކަަމަށް ވެސް މެންބަރުން ވިދާޅުވެއެވެ.

Advertisement

ކޮމެންޓް