އަންނަ އަހަރުން ފެށިގެން ތުރުކީން ރާއްޖެ އަށް 30 ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.
އެ ގައުމުން މިކަން ހާމަކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތުރުކީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ތުރުކީ ސަރުކާރުގެ އިސް ފަރާތްތަކާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަން ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން 30 ސްކޮލަޝިޕް ދޭން ނިންމާފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރުން ބުނީ އެ ސްކޮލަޝިޕްތަކަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވައިލާނެކަމުގެ ޔަގީންކަން ވެސް ތުރުކީ ސަަރުކާރުން ދީފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށާއި، ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.